Media cover image

11-06-2024

ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ފަރާތުން އިންތިޒާމްކުރި "އެމް.އެން.ޔޫ. ފަހި ފުރުސަތު" ގައި ޕެންޝަން އޮފީހުން ބައިވެރިވެއްޖެއެވެ.

އެމް.އެން.ޔޫ އިދާރީ މަރުކަޒުގައި ޖޫން 9-10 ކުރިއަށް ދިޔަ މި ފެއަރގައި ހުރި ޕެންޝަން އޮފީހުގެ ސްޓޯލަށް ޒިޔާރަތްކުރި ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތަކާއި، މުވައްޒަފުންނަށް ދެވޭ ތަފާތު އިނާޔަތްތަކާއި، ޕެންޝަން އޮފީހުގެ މަސައްކަތު މާހައުލާއި ބެހޭ މުހިންމު މައުލޫމާތު ދީފައިވެއެވެ. މީގެ އިތުރުން ރިޓަޔަރމަންޓް ޕެންޝަން ސްކީމާއި ބެހޭ މައުލޫމާތު ހޯދައި އެމް.އާރު.ޕީ.އެސް ކުއިޒްގައި ބައިވެރިވުމުގެ ފުރުސަތުވެސް ސްޓޯލަށް ޒިޔާރަތްކުރި ފަރާތްތަކަށް ލިބިގެންގޮސްފައިވެއެވެ.

މި ފެއަރގައި ބައިވެރިވުމުގެ އަމާޒަކީ ޕެންޝަން އޮފީހުގައި ހުރި ވަޒީފާގެ ފުރުސަތު ތަކާއި، ވަޒީފާދޭ ފަރާތެއްގެ ގޮތުގައި ޕެންޝަން އޮފީހާއި ބެހޭ މައުލޫމާތު ވަޒީފާ ހޯދާ ފަރާތްތަކަށް ފޯރުކޮށްދިނުމެވެ.

އޮފީހުގެ އެޑްރެސް

އެލައިޑް ބިލްޑިންގ (8ވަނަ ފަންގިފިލާ), ޗާނދަނީ މަގު, މާލެ, 20156, ދިވެހިރާއްޖެ

ގުޅުއްވާ

ގުޅުއްވުމަށް1441އީމެއިލްinfo@pension.gov.mvރިސެޕްޝަން ޚިދުމަތްތައް : 08:00 - 14:00
އެހެނިހެން ޚިދުމަތްތައް: 08:00 - 16:00

ޕެންޝަން މޯބައިލް އެޕް

Download on App StoreGet it on Play Store